ރަތް މައްސާގު
From Wikipedia, the free encyclopedia
ރަތް މައްސާގު(އިނގިރޭސި ބަހުން: Love-Lies-Bleeding, Tassel Flower)(ސައިންޓިފިކް ނަން: Amaranthus caudatus)އަކީ ފަތްޕިލާވެލީގެ ތެރޭގައި ހިމެނޭ ކެއުމަށް ބޭނުންކުރާ ބާވަތެކެވެ.މައްސާގު ފަތް ބޭނުންކުރަނީ ފަތް މޮޑެގެންނާއި، ބަތްފަދަ ތަކެއްޗާއި އެކުގައެވެ. މައްސާގު ގަހުގައި މާ އަޅައެވެ. އެގޮތުން ރަތް މައްސާގު ގައި ރަތް ކުލައިގެ މާގަނޑު އަޅާއިރު، ހުދު މައްސާގު ގައި ހުންނާނީ ފެހި ނުވަތަ ހުދުކުލައިގެ މާގަނޑެކެވެ. މައްސާގު އަކީ ދުނިޔޭގެ ވަރަށް ގިނަ ހިސާބު ތަކުގައި ހެދޭ ފަތެކެވެ. މައްސާގު އެންމެ ގިނައިން ހައްދާ އެއްގައުމުގެ ގޮތުގައި ފާހަގަ ކުރެވެނީ ނައިޖީރިޔާ އެވެ. މައްސާގުގެ އާއިލާގެ އެހެން ބައެއް ވައްތަރުތައް ހުރެއެވެ.