މާޓިން ވެން ބިޔުރެން
From Wikipedia, the free encyclopedia
މިއީ އެމެރިކާގެ 8 ވަނަ ރައީސެވެ. މާޓިން ވެން ބިއުރެން ( އުފަންވެފައިވަނީ 5 ޖުލައި 1782، އަވަހާރަވެފައިވަނީ 24 ޖުލައި 1862 ) އަކީ އެމެރިކާގެ 8 ވަނަ ރައީސެވެ. މާޓިން ވެން ބިއުރެން އަކީ އެމެރިކާގެ ރައީސްކަން 1837 ން ފެށިގެން 1841 އަށް ކޮށްފައިވާ ބޭފުޅެކެވެ. ރައީސް ކަމަށް އަރާވަޑައިގަތުމުގެ ކުރިން 1833ން 1837 އަށް އެމެރިކާގެ ނައިބު ރައީސްކަން ވެސް މާޓިން ވެން ބިއުރެން ވަނީ ކުރައްވާފައެވެ. އެމެރިކާގެ 10 ވަނަ ސެކެޓްރީ އޮފް ސްޓޭޓް އެއް ގެ ގޮތުގައި އެންޑްރޫ ޖެކްސަން ގެ ރައީސްކަމުގައި މަސައްކަތް ކުރައްވާފައި ވެއެވެ. މާޓިން ވެން ބިއުރެން އަކީ އެމެރިކާގެ ޑިމޮކްރެޓިކް ޕާޓިގެ އިސް ބޭފުޅެކެވެ. އަދި އެއީ އެމެރިކާގެ ރައްޔިތެއްގެ ގޮތުގައި އުފަންވެ، އެމެރިކާގެ ރައީސްކަމަށް އިސްވެ ވަޑައިގެންނެވި ފުރަތަމަ ބޭފުޅާ ކަމުގައި ވެސް ބުނެވެއެވެ. އެއީ އިގިރޭސި ދަރިކޮޅުނޫން ދަރިކޮޅަކުން އެމެރިކާގެ ރައީސް ކަމަށް ވަޑައިގެންނެވި ފުރަތަމަ ރައީސް ވެސް މެއެވެ. ފުރަތަމަ ބަހެއްގެ ގޮތުގައި އިގިރޭސި ބަހުން ވާހަކަ ނުދައްކަވާ ފުރަތަމަ ރައީސް އަކީ ވެސް މާޓިން ވެން ބިއުރެން އެވެ. އޭނާ ބޮޑުވަމުން އައިއިރު ވާހަކަ ދައްކަމުން ދިޔައީ ޖަރުމަނު ބަހުންނެވެ.
މާޓިން ވެން ބިޔުރެން | |
---|---|
އެމެރިކާގެ 8 ވަނަ ރައީސް | |
In office ފަންވަތް:En dash range | |
Vice President | ރިޗަޑް މެންޓަރ ޖޯންސަން |
Preceded by | އެންޑްރޫ ޖެކްސަން |
Succeeded by | ވިލިއަމް ހެންރީ ހެރިސަން |
Personal details | |
އުފަން ތާރީހް | ޑިސެމްބަރ 5، 1782 ޑެކާޓުރް، އަލަބާމާ |
Died | ޖުލައި 24 1862 (79 އަހަރުގައި) ކިންޑަރހޫކް, ނިއުޔޯކް |
Nationality | އެމެރިކަން |
Spouse(s) | ހަންނާ ހޯއީސް ވެން ބިއުރެން |
Occupation | (ލޯޔަރެއް) |
ދީން | ޑަޗް ރިފޯމް |
Signature |
އެންޑްރޫ ޖެކްސަން ގެ ރައީސް ކަމުގައި ސެކެޓްރީ އޮފް ސްޓޭޓް ހައިސިއްޔަތުންނާއި، ނާއިބު ރައީސްގެ ހައިސިއްޔަތުން ޑިމޮކްރަސީ ގެނައުމަށް ތަފާތު މަސައްކަތްތަކެއް ކުރައްވާފައިވެއެވެ. ޚާޢްޞަކޮށް ޖެކްސަނިއަން ޑިމޮކްރަސީ ތަޢާރަފް ކުރެއްވުމުގައި އެންޑްރޫ ޖެކްސަން އާއެކު މުހިއްމު ރޯލެއް މާޓިން ވެން ބިއުރެން އަދާކުރައްވާފައި ވެއެވެ. ތޯމަސް ޖެފަރސަން ފިޔަވައި ތިން ތާޖު ގެ ލަގަބު ޙާޞިލް ކުރެއްވި ހަމައެކަނި ރައީސް އަކީ ވެސް މާޓިން ވެން ބިއުރެން އެވެ. މިބުނި ތިން ތާޖުގެ ލަގަބު ނިސްބަތްވަނީ އަދާކުރެއްވި 3 މަގާމަށެވެ. އެއީ ސެކެޓްރީ އޮފް ސްޓޭޓްކަން، ނައިބު ރައީސްކަން، އަދި ރައީސްކަން މި ތިން މަގާމަށެވެ.