އެމެރިކާ
From Wikipedia, the free encyclopedia
އެމެރިކާ ނުވަތަ ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާ (އިނގިރޭސި: United States of America) އަކީ 50 އަށް ވުރެ ގިނަ ދައުލަތް ނުވަތަ ރާއްޖެ އެކުވެގެން އުފެދިފައިވާ ފެޑެރަލް ދުސްތޫރީ ޖުމްހޫރިއްޔާއެކެވެ.އެމެރިކާގެ ގުޅިފައިވާ 48 ސިޓީ އުތުރު އެމެރިކާ ބައްރު ގައި ވެއެވެ. މިބައި ބޯޑަރު ކުރެވިފައިވަނީ އުތުރުން ކެނެޑާ އާއެވެ. އަދި ދެކުނުން މެކްސިކޯ އާއެވެ. މީގެ އިތުރުން އެމެރިކާގެ އެންމެ ބޮޑު އެއް ސްޓޭޓް އެލަސްކާ އޮންނަނީ ކެނެޑާގެ ހުޅަގު އިރުން ޕެސިފިކް ކަނޑުގެ އައްސޭރި އަށް ވާގޮތަށެވެ. އަދި ހަވާއީ އޮންނަނީ ޕެސިފިކް ކަނޑުގެ މެދުތެރޭގައެވެ. މީގެ އިތުރުން އެމެރިކާގެ އެތައް ޓެރިޓަރީތައް ޕެސިފިކް އަދި ކެރީބިއަން ސަރަޙައްދު ގައި ވެއެވެ. 3.7 މިލިއަން އަކަމޭލުގެ ބޮޑުމިނާއި އަދި 310 މިލިއަންގެ އާބާދީ އަކާއެކު އެމެރިކާ ވެފައިވަނީ ދުނިޔޭގެ 3 ވަނަ ނުވަތަ 4 ވަނަ އަށް އެންމެ ބިންބޮޑު އަދި ބިމުގެ ނިސްބަތަށް ބަލާއިރު 3 ވަނަ އަށް އެންމެ އާބާދީ ބޮޑު ގައުމުގެ ގޮތުގައެވެ. ގިނަ ބަޔަކު ހިޖުރަ ކުރާ ގައުމެއްގެ ގޮތުގައި ބެލެވޭ އެމެރިކާގެ އިގްތިޞާދަކީ ދުނިޔޭގެ އެންމެ ވަރުގަދަ އެއް އިގްތިޞާދެވެ. 2005ގެ ހިސާބުތައް ދައްކާގެ ގޮތުން އެމެރިކާ ގްރޮސް ޑޮމެސްޓިކް ޕްރޮޑަކްޓް އުޅެނީ 13 ޓްރިލިއަން އަށްވުރެ މަތީގައެވެ.
| ||||||||
މޮޓޯ: "އިން ގޯޑް ވީ ޓްރަސްޓް" (1956 އިން ފެށިގެން) | ||||||||
ޤައުމީ ސަލާމް: ދަ ސްޓަރ-ސްޕޭންގްލްޑް ބެނަރ | ||||||||
ވެރިރަށް | ވޮޝިންގޓަން، ޑީ.ސީ. | |||||||
އެންމެ ބޮޑު ޝަހަރު | ނިއު ޔޯރކް ޝަހަރު | |||||||
ރަސްމީ ބަސް (ތައް) | އިނގިރޭސި (ޑި ފެކްޓޯ) | |||||||
ސަރުކާރު ރައީސް ނާއިބް ރައީސް މަޖިލީހުގެ ރައީސް އުއްތަމަ ފަނޑިޔާރު |
ފެޑެރަލް ދުސްތޫރީ ޖުމްހޫރިއްޔާ ޖޯ ބައިޑެން ކަމަލާ ހެރިސް މައިކް ޖޯންސަން ޖޯން ރޮބަރޓްސް | |||||||
މިނިވަންކަން - ޢިއުލާންކުރީ |
އިނގިރޭސިންގެ ކިބައިން ޖުލައި 4، 1776 | |||||||
އަކަމިން • ޖުމްލަ • ފެން (%) |
9,631,420 އކކމ (3ވަނަ2 == ސުރުހީގެ އިބާރާތްHallo ==4.87 | |||||||
އާބާދީ • 2024 އަންދާސީ. • 2000 ބޯހިމެނުން • އަކަބުރަ |
339,203,000[1] (3ވަނަ) 281,421,906 އކކމ/31(172ވަނަ) | |||||||
ޖީ.ޑީ.ޕީ (ޕީ.ޕީ.ޕީ) • ޖުމްލަ • ޕަރ ކެޕިޓާ |
2006 އަންދާސީ $12.98 ޓްރިލިއަން (1ވަނަ) $43,500 (4ވަނަ) | |||||||
އ.ތ.ފ (2004) | 0.948 (8ވަނަ) – މަތީމިން | |||||||
ފައިސާ | އެމެރިކަ ޑޮލަރު ($) (USD ) | |||||||
ވަގުތު ޒޯން • ހޫނު މޫސުމް (ދ.ރ.ވ) |
(ވ.ބ.ގ-5:00 އިން -10:00) (ވ.ބ.ގ-5:00 އިން -10:00) | |||||||
އިންޓަނެޓް މ.ދ.އ | .us .gov .edu .mil | |||||||
ފޯން ކޯޑު | +1 | |||||||
އިނގިރޭސި ބަސް ފިޔަވައި ދެން އެންމެ ގިނައިން ބޭނުން ކުރެވޭ ބަހަކީ ސްޕެނިޝް ބަހެވެ. |