ޗިސްމޭ
From Wikipedia, the free encyclopedia
ޗިސްމޭ ނުވަތަ (އިނގިރޭސި ބަހުން: Pancreas) އަކީ ހަޖަމުކުރާ ނިޒާމް ގައި ހިމެނޭ ގުނަވަނެކެވެ. އަދި އެންޑަކްރިން ނިޒާމް ގައި ހިމެނޭ ގޮށެއް ވެސް މެއެވެ. ޗިސްމޭ އަކީ އެންޑަކްރިން އަދި އެކްސަކްރިން ގްލޭންޑެއްގެ ގޮތުގައި ބެލެވޭ ގުނަވަނެކެވެ. އެންޑަކްރިން ގްލޭންޑް ނުވަތަ (އިނގިރޭސި ބަހުން: Endocrine gland) އެއްގެ ގޮތުގައި ބެލެވެނީ ތަފާތު ހޯރމޯންތައް ޗިސްމޭގައި އުފައްދައި ދޫކުރާތީއެވެ. އެކްސަކްރިން ގްލޭންޑް ނުވަތަ (އިނގިރޭސި ބަހުން: Exocrine gland) އެއްގެ ގޮތުގައި ބެލެވެނީ ހަޖަމުކުރާ އެންޒައިމް ތައް ހިމެނޭ ޗިސްމޭ ޖޫސް އުފައްދައި ދޫކުރާތީ އެވެ.
ޗިސްމޭ | |
---|---|
1: Head of pancreas 2: Uncinate process of pancreas 3: Pancreatic notch 4: Body of pancreas 5: Anterior surface of pancreas 6: Inferior surface of pancreas 7: Superior margin of pancreas 8: Anterior margin of pancreas 9: Inferior margin of pancreas 10: Omental tuber 11: Tail of pancreas 12: Duodenum | |
Gray's | subject #251 1199 |
Artery | Inferior pancreaticoduodenal artery, Superior pancreaticoduodenal artery |
Vein | Pancreaticoduodenal veins |
Nerve | Pancreatic plexus, celiac ganglia, vagus[1] |
Precursor | pancreatic buds |
MeSH | Pancreas |
Dorlands/Elsevier | p_02/ |
ޗިސްމޭ ގެ އެންޑަކްރިން ވަޒީފާ އަދާކުރަނީ އޭގައި ހިމެނޭ އައިލެޓް އޮފް ލެންޖަހެންސް ނުވަތަ (އިނގިރޭސި ބަހުން: Islets of langerhans ) ކިޔާ ސެލްތަކުންނެވެ. މިސެލްތަކުން އިންސޫލިން އަދި ގްލޫކަގޮން އުފައްދައެވެ. ޗިސްމޭގެ އެކްސަކްރިން ވަޒީފާ އަދާކުރަނީ އޭގައި ހިމެނޭ ކަމްޕައުންޑް އަސިނަރ ގްލޭންޑް ނުވަތަ (އިނގިރޭސި ބަހުން: Compound acinar gland)ތަކުންނެވެ. މިގްލޭންޑް ތަކުން ޗިސްމޭ ޖޫސް އުފައްދައެވެ. ޗިސްމޭ ހަރަކާތް ކޮންޓްރޯލް ކުރަނީ ވޭގަސް ނާރު ނުވަތަ (އިނގިރޭސި ބަހުން: Vagus nerve)އަދި މައި ސްޕްލަންކްނިކް ނާރު ނުވަތަ (އިނގިރޭސި ބަހުން: Splanchnic nerve)ތަކުންނެވެ.