ޖޭމްސް މެޑިސަން
From Wikipedia, the free encyclopedia
މިއީ އެމެރިކާގެ 4 ވަނަ ރައީސެވެ. ޖޭމްސް މެޑިސަން އަކީ އެމެރިކާގެ 4 ވަނަ ރައީސެވެ. ޖޭމްސް މެޑިސަން އުފަންވެފައިވަނީ 16 މާރޗް 1751 ގައެވެ. އެމެރިކާގެ 4 ވަނަ ރައީސެއްގެ ގޮތުން 4 މާރޗް 1809ން 4 މާރޗް 1817 އަށް ރައީސްކަން ކުރެއްވި ޖޭމްސް މެޑިސަން ދުނިޔެ ދޫކޮށްފައިވަނީ 28 ޖޫން 1836 ގައެވެ. 1787ގައި އެމެރިކާގައި އެކުލަވާލެވުނު ގާނޫނުތައް ހެދުމުގައި ޖޭމްސް މެޑިސަން ކުޅެފައިވާ ފުރިހަމަ ދައުރުގެ ސަބަބުން އޭނާ އަށް ދުސްތޫރުގެ ބައްޕަގެ ނަމުން މުޚާތަބު ކުރެވިފައި ވެއެވެ. 1788 ގައި ފެޑަރަލިސްޓް ޕޭޕާރސްގެ ތިންބައި ކުޅައެއްބައި ޖޭމްސް މެޑިސަން ލިޔުއްވި އެވެ. ފުރަތަމަ ކޮންގްރެސްގައި ބައިވެރިވި ލީޑަރެއްގެ ގޮތުން ޖޭމްސް މެޑިސަން ވަނީ އަސާސީ އެތައް ގާނޫނު ތަކެއް ލިޔުއްވާފައެވެ. ޚާއްޞަ ކޮށް އޭރު އިސްލާހުކުރެވުނު ގާނޫނަށް ގެނެވުނު ފުރަތަމަ 10 އިސްލާާޙަކީ ޖޭމްސް މެޑިސަން ގެންނެވި އިސްލާހުތަކެވެ. މިސަބަބާހުރެ ހައްގުތަކުގެ ބިލް ގެ ބައްޕަ ގެ ނަމުންވެސް ނިސްބަތް ކުރެވިފައި ވެއެވެ.
ޖޭމްސް މެޑިސަން | |
---|---|
އެމެރިކާގެ 4 ވަނަ ރައީސް | |
In office ފަންވަތް:En dash range | |
Vice President | ޖޯޖް ކްލިންޓަން |
Preceded by | ތޯމަސް ޖެފަރސަން |
Succeeded by | ޖޭމްސް މޮންރޯއި |
Personal details | |
އުފަން ތާރީހް | މާރޗް 16، 1751 ޕޯޓްކޮންވޭ، ވާޖީނިއާ |
Died | ޖޫން 28 1836 (85 އަހަރުގައި) މޮންޓް ޕެލިއަރ, ވާޖީނިއާ |
Nationality | އެމެރިކަން |
Spouse(s) | ޑޮލީ ޓޮޑް މެޑިސަން |
Occupation | (ގާނޫނީ ވަކީލެއް) |
ދީން | އެޕިސްކޯޕަލް/ޑެއިސްޓް |
Signature |
ލީޑަރެއްގެ ގޮތުން ހައުސް އޮފް ރެޕްރެޒެންޓޭޓިވްސް ގައި ޖޭމްސް މެޑިސަން މަސައްކަތްކޮށްފައިވަނީ ރައީސް ޖޯޖް ވޮޝިންގޓަން އާއި ގުޅިވަޑައިގެން އާ ފެޑެރަލް ސަރުކާރެއް އެކުލަވާލުމަށްޓަކައެވެ. 1791 ވަނަ އަހަރު އެލެގްޒެންޑަރ ހެމިލްޓަން އާއި ދެކޮޅަށް ޖޭމްސް މެޑިސަން ތޯމަސް ޖެފަރސަން އާއި ގުޅިވަޑައިގެން ފެޑެރަލިސްޓުންގެ ސިޔާސަތާއި ދެކޮޅަށް މަސައްކަތް ކުރެއްވި އެވެ. އެގޮތުން ޑިމޮކްރެޓިކް ރިޕަބްލިކަން ޕާޓީ އުފެއްދެވިއެވެ. އަދި ޖޭ ޓްރީޓީގެ އެއްބަސްވުމާއި، ބޭންކް އުފެއްދުމުގެ ސިޔާސަތަކީ ވެސް ފެޑެރަލިސްޓުންނާއި ދެކޮޅަށް ކުރެއްވި ކަންތައްތަކެވެ.
ތޯމަސް ޖެފަރސަން ގެ ސަރުކާރުގައި ސެކެޓްރީ އޮފް ސްޓޭޓްގެ ހައިސިއްޔަތުން 1801ން 1809 އަށް މަގާމް ފުރުއްވި އިރު ލޫޒިޔާނާ އަނބުރާ އެމެރިކާ އަށް ހޯދުމަށް ކުރެވުނު މަސައްކަތް އެންމެ ކައިރިން ބެލެހެއްޓެވީ އެކަކީ ޖޭމްސް މެޑިސަން އެެވެ. 1812 ވަނަ އަހަރު ގެ ހަގުރާމަ ހިނގާފައިވަނީ ވެސް ޖޭމްސް މެޑިސަން ގެ ވެރިކަމުގައެވެ. މިއީ އިގިރޭސީންނާއި ދެކޮޅަށް އެމެރިކާގެ އިގްތިޞާދީ ހައްގުތައް ހިމާޔަތްކުރުމަށް ކުރެވުނު ހަގުރާމަ އެކެވެ. އެމެރިކާގެ ދެވަނަ ގައުމީ ބޭންކެއް އުފެއްދުމަށް ޖޭމްސް މެޑިސަން ތާއީދު ކުރައްވާފައި ވެއެވެ.